ތާލިބާނުން އަފްޣާނިސްތާނަށް ވެރިގަތުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޔޫރަޕްގެ ޖަމާއަތުގެ އޮފީހުގެ ކުރިމަތީގައި އަފްޣާނިސްތާންގެ އެތައް ސަތޭކަ މީހަކު އިއްޔެ މުޒާހަރާ ކޮށްފިއެވެ. މިމީހުން އެދިފައި ވަނީ ތާލިބާންގެ އަނިޔާވެރި ނިޒާމުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް، ޔޫރަޕްގެ އިއްތިހާދުން މަސައްކަތް ކޮށްދިނުމަށެވެ.

މި މުޒާހަރާ އިންތިޒާމު ކުރީ، ޔޫރަޕްގައި ދިރިއުޅޭ އަފްޣާނިސްތާން މީހުންގެ ޖަމުއިއްޔާއާއި އަފްޣާން ރެފިއުޖީންގެ ޖަމުއިއްޔާ އިންނެވެ.

މީގެ އިތުރުން ޖަރުމަންވިލާތުގެ ޕާލަމެންޓްގެ ކުރިމަތީގައިވެސް އަފްޣާނިސްތާން މީހުން މުޒާހަރާ ކުރިއެވެ. އެމީހުން އެދިފައި ވަނީ، އަފްޣާނިސްތާނުން ބޭރުވާން ބޭނުންވާ މީހުންނަށް ޔޫރަޕަށް ވަނުމަށް ފުރުސަތު ދިނުމަށް އެދިއެވެ.