ތާލިބާނާ ދެކޮޅަށް ކުރިންވެސް ހަނގުރާމައަށް ނިކުންނެވި ހަނގުރާމަވެރިޔާ، އަޙުމަދު ޝާހް މަސްއޫދުގެ ދަރިފުޅު، އަޙުމަދު މަސްއޫދު ބުނާގޮތުން އޭނާ ތާލިބާނާ ދެކޮޅަށް ނިކުންނާނެއެވެ. އަހްމަދު ޝާހް މަސްއޫދުއަކީ އަލްގައިދާއިން ނައްތާލި މީހެކެވެ. އަޙުމަދު މަސްއޫދު ވަނީ، ހުޅަނގުން އޭނާއަށް ހަތިޔާރު ދިނުމަށް އެދި ގޮވާލާފައެވެ. އޭނާ ގެންދަނީ ތާލިބާނާ ދެކޮޅަށް ހަނގުރާމަވެރިން އެއްތަން ކުރަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އަޙުމަދު މަސްއޫދު ދިރިއުޅެނީ ޕަންޖްޝޭރްގައެވެ. އަފްޣާނިސްތާންގެ ނާއިބް ރައީސް އަދި މިހާރުގެ ވަގުތީ ރައީސް އަމްރުﷲ ސާލިޙުވެސް ހުންނެވީ ޕަންޖް ޝޭރްގައެވެ.