ތުރުކީ ރައީސް ރަޖަބް އެރުދޮޣާން ވިދާޅުވާ ގޮތުގައި ތާލިބާނުން އެކުލަވާލާ ސަރުކާރަކާ ވާހަކަ ދެއްކުމަށް އަންކަރާ އޮތީ ތައްޔާރަށެވެ. އެރުދޮޣާން ވިދާޅުވީ، ތުރުކީގައި ތިން ލައްކަ އަފްޣާން ރެފިއުޖީން މިހާރުވެސް އެބަތިބި ކަމަށެވެ.
އެރުދޮޣާން ވިދާޅުވީ ޔޫރަޕުންވެސް އަފްޣާން ރެފިއުޖީންނަށް ފުރުސަތު ދޭން ވާނެ ކަމަށެވެ. އަމިއްލަ ރައްޔިތުންގެ ހެވާއި ލާބައަށް އަފްޣާން ރެފިއުޖީންނަށް ސަރަހައްދު ބަންދު ކުރުމަކީ އިންސާނިއްޔަތާ ޚިލާފް ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.
ތުރުކީވިލާތަކީ ޔޫރަޕުން ބައިތިއްބަން ބޭނުންވާ ރެފިއުޖީންގެ ހަރުގެ ކަމަށް ދެކިގެން ނުވާނެކަމަށްވެސް އެރުދުޣާން ވިދާޅުވިއެވެ. ތުރުކީގައި ފަސް މިލިއަން ރެފިއުޖީން އެބަތިއްބެވެ. މިއިން 3.6 މިލިއަން އަކީ ސޫރިޔާގެ ރެފިއުޖީންނެވެ.
މެކްސިކޯއިން ވެސް ދަނީ އަފްޣާން ރެފިއުޖީން ބަލަގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން ކަމަށް ސީއެންއެން އިން ބުނެއެވެ.
އަފްޣާނިސްތާންގައި އެމެރިކާއިން ހާވާފައިވާ ހަޑިއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސީއެންއިން ބުނެފައި ވަނީ ކާބުލްގެ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ޖުލައި މަހުވެސް އެމެރިކާގެ މަސްއޫލުވެރިންނަށް ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީން އެންގި ކަމަށެވެ. އެކަމަކުވެސް އެމެރިކާއިން މިކަމުގައި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ސީއެންއެންއިން ރިޕޯޓް ކުރިގޮތުގައި އެމެރިކާގެ ރައީސް ގެންދަވަނީ ނިތަވަސްކަމާއެކު އަފްޣާން މައްސަލަ ހައްލުކުރެވޭނެ ގޮތޔެއް ފެނޭތޯ މަސްއޫލުވެރިންނާ ވާހަކަ ދައްކަވަމުންނެވެ.