އައްޑުސިޓީގެ ކުރީގެ ޢަބްދު ޞާދިގު (ޞޯބެ) ކައިވެނި ކޮށްފި އެވެ.

މިއީ ސޯބެގެ 2 ވަނަ ކައިވެންޏެވެ. މީގެ ކުރިން އޭނާ ކައިވެންޏެއް ކުރައްވާފައިވާ އިރު، އެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފަ އެވެ. އަދި މިހާރުގެ އަނބިކަނބަލުންގެ ވެސް 2 ކުދިން ތިބެ އެވެ.

ލާމަރުކަޒީ ޤާނޫ ވުޖޫދުވެގެން މިދައުރާއިހަމައަށް ޞޯބެއަކީ އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފަ އެވެ. އަދި އެ ސިޓީގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ވެސް ވަނީ ކުރައްވާފަ އެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ސޯބެއަށް ގެއްލުނީ އެމްޑީޕީގެ ޕްރައިމަރީގައި މިހާރުގެ މޭޔަރު އަލީ ނިޒާރުއާއި ވާދަކޮށްގެން ނެވެ.

މޭޔަރުގެ މަޤާމުން ވަކިވުމަށްފަހު ސިޔާސީ މައިދާނުން ސޯބެ ފެނުން ވަނީ މަދުވެފަ އެވެ.