ރާއްޖެއިން މިއަދު 110 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މާލެއިން 34 މީހުންނާއި އަތޮޅުތަކުން 73 އަދި ރިސޯޓުތަކުން 3 މީހުން ހިމެނޭ ކަމަށެވެ.

ފާއިތުވި 24 ގަޑި އިރު، 4996 ސާމްޕަލް ވަނީ ނަގާފަ އެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ބުނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 17 މީހަކަށް ފަރުވާދެމުން އަންނަ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 1677 އެވެ.

ރާއްޖެއިން މިހާތަނަށް 79،864 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، 77،953 މީހުން ވަނީ ކޮވިޑަށް ފަރުވާކޮށް ބަލިން ފަސޭހަވެފަ އެވެ.