ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން މަސައްކަތް ކުރަމުންދަނީ ޗައިނާއިން ބޭރުވާ ކުންފުނިތަކުގެ ވިޔަފާރި އެގައުމުތަކުން ހޯދާށެވެ. އެމެރިކާއާއި ޗައިނާގެ ވިޔަފާރި ދެބަސްވުމުގެ ސަބބުން ގިނަ ކުންފުނިތަކެއް ޗައިނާއިން ދަނީ ބޭރުވަމުންނެވެ.

ޓައިވާން ނިއުސްއިން ބުނާގޮތުން އައު ކުންފުނިތަކުން ވިޔަފާރި ހޯދުމުގެ ގޮތުން ވިއެޓްނާމާއި ފިލިޕީންސްއާއި ތައިލެންޑާއި މެލޭޝިއާއިން ދަނީ އެ ގައުމުތަކުގެ 4 ޖީއާއި 5 ޖީ ނެޓްވަރކް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޑިޖީ ޓައިމްސް ރިސާޗްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން މިއިން ބައެއް ގައުމުތަކަކީ ޗައިނާއަށް ފަހިކޮށް ސިޔާސަތު އެކުލަވާލައިގެން ޗައިނާގެ ވާވޭއަށް ވިޔަފާރި ދިން ގައުމުތަކެވެ. ނަމަވެސް މެލޭޝިއާ ފަދަ ބައެއް ގައުމުތަކަކީ އެރިކްސަށްއަށް އެގައުމުގެ 5ޖީ ވިއުގައިގައި މަސައްކަތް ކުރުމަށް ޙަވާލު ކުރި ގައުމެކެވެ. ވިއެޓްނާމަކީވެސް ވާވޭއަށް ވިޔަފާރި ދިން ގައުމެއް ނޫނެވެ.