ޗައިނާއިން އެގައުމުގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ފިޔަ ކޮށާލުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނާއަށް 560 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެއެވެ. ޗައިނާއިން ވަނީ ގަވާއިދުތައް ހަރުކަށިކޮށް ބޮޑެތި ކުންފުނިތަކުގެ ފައިސާއިން ބައެއް ސަރުކާރަށް ލިބޭގޮތަށް ހަދާފައެވެ. މެލޭ މެއިލްއިން ބުނާ ގޮތުގައި ގަވާއިދުތައް ހަރުކަށި ކުރުމުގެ ސަބަބުން ޙިއްސާގެ ބާޒާރުން 560 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ކުރިމަތިވެފައެވެ.

ހޮންގކޮންގގެ ހިއްސާގެ ބާޒާރާއި ޝެންހާއީގެ ހިއްސާގެ ބާޒާރުގައި މުއާމަލާތު ކުރެވޭ ނިސްބަތް ވަނީ ކޮވިޑް19ގެ އެންމެ ނުރައްކާ ދުވަސްވަރު އުޅުނު މިންވަރަށް ވުރެން ދަށްވެފައެވެ.

ޗައިނާގެ ފައިސާ ޔުއޭން މާރުކުރާ ރޭޓްވެސް ވަނީ ދަށްވެފައެވެ. ޗައިނާއިން ދަނީ ދަނގަނޑު އުފައްދާ ކުންފުނިތަކުން ފެށިގެން އީކޮމާސް ކުންފުނިތަކާއި ކިޔަވައިދޭ ތަންތަނާ ބެހޭ ގަވާއިދުތައްވެސް ހަރުކަށި ކުރަމުންނެވެ.