ކޮވިޑުގައި ރާއްޖެއިން 223 ވަނަ މީހާ މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މަރުވެފައިވަނީ މިއަދު ހެނދުނު 11:20 ގައި ކަމަށެވެ. އަދި އެއީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މިއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

ރާއްޖެއިން ކޮވިޑު ޖެހިގެން އެންމެ ފަހުން ހަކު މަރުވެފައިވަނީ މި އޮގަސްޓު މަހުގެ ތިން ވަނަ ދުވަހު އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 79،864 އަށް އަރާފަ އެވެ.