އަފްޣާނިސްތާންގައި ކާބޯތަކެތީގެ އަގުތައް ދަނީ ދުވަހަކުން ދުވަހަށް މަތިވަމުންނެވެ. މީހުން ތިބީ ވާނުވާ ނޭނގުމެއްގެ ތެރޭގައެވެ. އަފްޣާނިސްތާންގެ ބޭންކުތައް ވަނީ ބަންދުކޮށްފައެވެ. ސަރުކާރުގެ އިދާރާތަކުން ޚިދުމަތެއް ނުލިބެއެވެ.

މަސް ނިމެން ކައިރިވާއިރު ސަރުކާރު މުވައްޒަފުންނަށް މުސާރަ ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. ކާބުލްގެ އެންމެ ބޮޑު ފައިސާ މާރުކުރާ ބާޒާރު ސަރާއޭ ޝެހެޒާދާ ވަނީ ބަންދުކޮށްފައެވެ. އެ ބާޒާރު ހުޅުވާނީ އަފްޣާނިސްތާންގެ މަރުކަޒީ ބެންކު ހުޅުވުމުން ކަމަށް ބާޒާރުގެ ފަރާތްތަކުން ބުނެއެވެ.

މީހުން މަސައްކަތް ކުރަމުން ދަނީ އަފްޣާނިސްތާނުން ބޭރު ވެވޭތޯއެވެ. އަފްޣާނިސްތާނުން ބޭރުވާން އޮތް ހަމައެކަނި ދޮރާށްޓަކީ ކާބުލް އެއަރޕޯޓެވެ. މީހުން ވަނީ އެއަރަޕޯޓާއި އެއަރޕޯޓް ބޭރުގައި ތޮއް ޖެހިފައެވެ.