އިޓަލީގައި ދިރިއުޅޭ އަފްޣާނިސްތާން މީހުން ރޯމްގައި މުޒާހަރާ ކޮށްފިއެވެ. މިމީހުން ބުނަނީ ތާލިބާން ކާބުލް ހިފާފައި ވަނީ މަކަރާއި އޮޅުވާލުމުގެ ތެރޭގައެވެ. ރިޕަބްލިކާ މައިދާނުގައި މުޒާހަރާ ކުރި މީހުން ބުނެފައި ވަނީ ތާލިބާނުން ދިޔައީ ސުލްޙައަށް މަސައްކަތް ކުރާ ކަމަށާއި ވަގުތީ ސަރުކާރެއް އެކުލަވާލަން ބޭނުންވާ ކަމަށާއި އިންތިޚާބު ބާއްވަން ބޭނުންވާ ކަމަށް ބުނެ އޮޅުވާލަމުންނެވެ. ތާލިބާނުން މިހުވަފެން މީހުންނަށް ދައްކަމުން ދިޔަ އިރު އެމީހުން ދިޔައީ ތަންތަން ހިފަމުން ކަމަށް މީހުން ބުންޏެވެ.
އަފްޣާނިސްތާންގެ އުޒުބެކް އަދި ޕުޝްތޫއާއި ތާޖިކް ދަރިކޮޅުގެ ސަތޭކައެއްހާ މީހުން މި މުޒާހަރާގައި ބައިވެރިވިއެވެ.