ބަނގްލަދޭޝްގައި އިއްޔެ މީހުން ޕާކިސްތާން ހައިކޮމިޝަން ކުރިމަތީ މުޒާހަރާ ކުރީ، 2004ގައި ބޮޑު ވަޒިރު ޝެއިޚު ޙަސީނާ އަވަހާރަކޮށްލަން ޕާކިސްތާނުން ވާގިވެރިވި ބަޔަކު އެކަމަނާއަށް އަމާޒުކޮށް ބޮމުގެ ޙަމަލައެއް ދިން މުނާސަބާ ފާހަގަ ކުރުމުގެ ގޮތުންނެވެ.
ބަންގްލަދޭޝް މުކުތަޖިއްދާ މާޗް އިން ޑާކާގައި ޕާކިސްތާން ހައިކޮމިޝަން ކުރިމަތީގައި ބެއްވި އެއްވުމުގައި ބައިކވެރިވެފައި ވަނީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވި، ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރި މީހުންނެވެ.
2004 ގައި ޝެއިޚު ޙަސީނާއަކީ ބޮޑު ވަޒީރެއް ނޫނެވެ. ނަމަވެސް އެކަމަނާ ބޭއްވި ސިޔާސީ އެއްވުމަކާ ދިމާކޮށް ބޮމުގެ ހަމަލައެއް ދިނީއެވެ. މި ހަމަލާގައި 24 މީހުން މަރުވެ 300 މީހުންނަށް ހާނިއްކަ ވިއެވެ.