ތާލިބާނުންނަށް އަމާން ދިން ފުލުހުންގެ ވެރިޔާ އަނިޔާވެރި ގޮތަކަށް ދަންޖައްސާލާ ވީޑިއޯއެއް އާންމު ވެއްޖެއެވެ. އާންމު ވެގެން އުޅޭ ވީޑިއޯގައި ފެންނަނީ ހީރާތުގެ ބަގްދީސް ޕްރޮވިންސްގެ ފުލުހުންގެ ވެރިޔާ ހާޖީ މުއްލާ އަކްޒާއީ މަރފާލާ ތަނެވެ.

ނިއުޔޯކް ޕޯސްޓުން ރިޕޯޓް ކުރިގޮތުގައި މަރާލި މީހާ ކަނު ބަނދެފައި ކަކޫމައްޗަށް ތިރިކޮށް އޭނާގެ ގަޔަށް ބަޑިތަކުން އުންޑަތައް އޮއްސާލާ މަންޒަރު ފެނެއެވެ.

މި ރިޕޯޓް ލިޔުނު އެމެރިކާ ނޫސްވެރިޔާ މަލާމާތަށް ސުއާލުކޮށްފައި ވަނީ ތާލިބާނުންގެ އަފޫއާންމަކީ މިއީ ބާވައެވެ؟

ތާލިބާނުން ދަންޖައްސާފައިވާ މީހާއަކީ އަކްޒާއީކަން، އޭނާގެ ރަޙމަތްތެރި ތާލިބާންގެ ހަނގުރާމަވެރިއަކުވެސް ވަނީ ކަށަވަރުކޮށް ދީފައެވެ.

ތާލިބާނުން ވަނީ އެމީހުންގެ ބާރުގެ ދަށުގައިވާ ސިޓީތަކުގައި ބެރިކޭޑް ޖަހައި މީހުންގެ ހަރަކާތްތައް ހުއްޓުވައި، އަފްޣާނިސްތާން ދިދަ ހިފައިގެން އެއްވެސް މީހަކު ހަރަކާތްތެރިވާނަމަ އެމީހަކަށް ހަމަލަ ދީހަދާފައެވެ.