އިންޑިއާއަށް ކަޝްމީރުގައި ހަނގުރާމައަށް އުޅޭ ޖަމާއަތްތަކުގެ ނުރައްކާ އޮތްކަމުގެ އިންޒާރެއް ދީފިއެވެ. ޖައިޝޭ މުޙައްމަދާއި ލަޝްކަތޭ ތޮއްޔިބާއަކީ އަފްޣާނިސްތާންގައި ތާލިބުންނާ އެއްސަފެއްގައި އެމެރިކާއާ ދެކޮޅަށްވެސް ހަނގުރާމަ ކުރި ޖަމާއަތްތަކެވެ. މި ދެ ޖަމާއަތަކީވެސް ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ގިންތިކޮށްފައިވާ ބައެކެވެ.
އިންޑިއާބގެ ސަލާމަތީ ފަރާތްތަކުން ބުނާ ގޮތުގައި ތާލިބާންގެ އޮޕަރޭޝަންތަކުގައި ޖައިޝޭ މުޙައްމަދުގެ އކިސްކޮމާންޑަރުން ބައިވެރިވެއެވެ. އަދި ހައްގާނީ ނެޓްވޯކްގެ އޮޕަރޭޝަންތަކުގައިވެސް އިސްކޮށް އުޅޭ ބަޔަކީ މިމީހުންނެވެ. މިމީހުންނަކީ އެއް ސިޔާސީ ވިސްނުމެއް ޙިއްސާ ކުރާ ބަޔެކެވެ.
އިންޑިއާގެ ސަލާމަތީ ފަރާތްތަކުން ބުނާ ގޮތުގައި މިމީހުންގެ ހަރަކާތްތަކަށް ހިތްވަރު ލިބުމާއި، ކަޝްމީރުގެ ޖައްމޫ ރާޖޯރީ ސެކްޓަރގައި ހަމަލަތައް އިތުރުވުމާ ސިދާ ގުޅުމެއް ވެއެވެ.
ދެކުނު ކަޝްމީރުގައި ސިފައިންނާ ދެމެދު ހިނގި ކުރިމަތި ލުމުގައި ޖައިޝޭ މުހައްމަދުގެ ތިން ހަނގުރާމަވެރިއަކު މަރާލާފައި ވެއެވެ. މިމީހުންނަކީ ޖުލައި 31 ގައި ސިފައިނާ އެކު ބަދަލުކޮށްފައިވާ ހަމަލަތަކުގައި މަރުވެފައިވާ ޕާކިސްތާން ދެމީހަކާ ގުޅުން ހުރި ބައެކެވެ.
ސަލާމަތީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޖެނުއަރީން ފެށިގެން މިހާތަނަށް 95 ހަނގުރާމަވެރިއަކު ވަނީ ނައްތާލާފައެވެ. މިއިން 18 މީހަކީ ޕާކިސްތާން މީހުންނެވެ.
ޖެއިޝޭ މުޙައްމަދަކީ 2000 ވަނަ އަހަރު މަސްއޫދު އަޒުހަރު ޕާކިސްތާންގައި އުފެއްދި ޖަމާއަތެކެވެ. އޭނާ މި ޖަމާއަތް އުފެއްދީ އިންޑިއަން އެއަރލައިންސެއްގެ ފްލައިޓެއް ހައިޖެކް ކޮށްގެން ކާބުލްއަށް ގެންގޮސް އޭނާ ބަންދުން ދޫކޮށްލުމަށް އެދުމުން އެނބުނި ޕާކިސްތާނަށް ގޮހެވެ. މަސްއޫދު އަޒުހަރަކީ ޓެރަރިޒަމްގެ ކުށުގައި ޕާކިސްތާންގައި ބަންދުކޮށްފައިވާ މީހެކެވެ.