ކުޅޭ ސާމާނު އުފެއްދުމުގެ ދާއިރާގައި އަމިއްލަ ފައި މައްޗަށް ތެދުވުމަށް އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ ޅަ އާބާދީއަށް ބޭނުންވާ ވަރަކަށް އިންޑިއާއަކަށް ކުޅޭ ސާމާނެއް ނުއުފެއްދެއެވެ.

ދުނިޔޭގައި ކުޅޭ ސާމާނުގެ ބާޒާރަކީ 100 ބިލިއަން ޑޮލަރުގެ ބާޒާރެކެވެ. ކުރިން އިންޑިއާއިން އުފައްދަނީ މި ބާޒާރުގެ އެންމެ 1.5 އިންސައްތައެވެ.

ކުޅޭ ތަކެތި އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ ޖޭވަރު ރީޖަންގައި ސަރުކާރުން ވަނީ 40 ބިލިއަން ރުޕީސްގެ ޓޯއި ޕާކެއް ހަދާފައެވެ. މި ޕާކުގައި 134 ކުންފުންޏަކުން ބައިވެރިވެއެވެ.

މިހާރު މި ސަރަހައްދާ ކައިރީގައި އެއަރޕޯޓެއް ބިނާ ކުރުމަށްވެސް މަސައްކަތް ދަނީ ކުރެވެމުންނެވެ. 100 އޭކަރުގެ މި ޓޯއި ޕާކްގައި ހަ ހާހަށް ވުރެން ގިނަ މީހުންނަށް ވަޒީފާ ލިބޭނެއެވެ. މިތާގައި ޕްލާސްޓިކުން ތައްޔާރުކުރާ ކުޅޭ ސާމާނާއި ލަކުޑިން އަދި ސިލިކަން އިން ހަދާ ކުޅޭ ސާމާން އުފައްދާނެއެވެ. މި ކުޅޭ ސާމާނުތައް ތައްޔާރުކުރުމުގައި އުޅޭނީ ހިސާބުގެ ޒުވާން އާޓިސްޓުންނެވެ.