ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފް އެ ޕާޓީން ވަކިވެ ވަޑައިގެންފިއެވެ.
އަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވާކަން ހާމަކުރައްވާ ޝިދާތާ މިއަދު ވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހަށް މެސެޖެއް ފޮނުއްވާފައެވެ.
އަދި އަދާލަތުން ވަކިވާން ނިންމި ސަބަބު މީޑިއާތަކަށް ހާމަކުރުމަށް މާދަމާ ސްޓޭޓްމަންޓެއް ނެރޭނެ ކަމަށް ޝިދާތާ ވަނީ ވިދާޅުވެފައެވެ.
ޝިދާތާއަކީ މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރެވެ. ނަމަވެސް ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރާއި ހެދި ޝިދާތާ ވަނީ އެ މަގާމުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.