ދޮޅު އަހަރަށްފަހު ތާޖުމަހަލަށް ރޭގަނޑު ޒިޔާރަތް ކުރުމަށް ހުޅުވާލައިފިއެވެ. ކޮވިޑްގ ހާލަތާ ގުޅިގެން މިދިޔަ މާޗް މަހުން ފެށިގެން ތާޖު މަހަލް އޮތީ ރޭގަނޑަށް ބަންދުކޮށްފައެވެ. ތާޖުމަހަލް ހުޅުވާލުމާ ގުޅިގެން އާގަރާގެ ފަތުރުވެރިކަން ވަނީ ރަނގަޅުވާން ފަށާފައެވެ.

ފަތުރުވެރިންނަށް ހުޅުވާލިނަމަވެސް، ތާޖު މަހަލަށް ވެއްދުމުގައި ރައްކާތެރި ފިޔަވަޅު އަޅާފައި ވެއެވެ. އެގޮތުން މީހާގެ ހުން ބެލުމާއި އަތުގައި ސެނިޓައިޒާ އުނގުޅުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

ތާޖު ރޭގަނޑަށް ހުޅުވާފައި ހުންނަނީ 8.30ން 10އަށެވެ. މި ވަގުތުތަކުގައި ވެއްދުމަށް ހަމަޖެހިފައި ވަނީ ތިން ބުރަށް ކޮންމެ ބުރަކަށް 50 މީހުންނެވެ.