ކުއްލިހާލަތުގައި ހަތިޔާރު ގަތުމުގެ ހަރަކާތެއްގެ ތެރޭން ރަޝިޔާއިން އޭކޭ 103 ރައިފަލްގެ ގިނަ އަދަދެއް ގަތުމަށް އިންޑިއާއިން ނިންމައި އޯޑަރު ދީފިއެވެ. އިންޑިއާއިން ބުނާ ގޮތުގައި އިންފެންޓްރީ ސިފައިން ޒަމާނީ ފެންވަރަށް ގެނައުމަށް ބޭނުންވާ ސާމާނު ހޯދުމަށް އިންޑިއާއިން ވަނީ މަސައްކަތް ފަށާފައެވެ.

2017ގައިވެސް އިންޑިއާއިން ހަތް ލައްކަ ރައިފަލްއާއި އެހެން ބައެއް ހަތިޔާރު ގަނެފައި ވެއެވެ.