އިންޑިއާއިން ތާލިބާނާއެކު ވާހަކަތައް ބާއްވަނީނަމަ، އަވަސްވެ ނުގަތުމަށާއި ރައްކާތެރި ވުމަށް އިންޑިއާގެ ކުރީގެ ޑިޕްލޮމޭޓުން ސަރުކާރަށް ގޮވާލައްވައިފިއެވެ. ޕްރެސް ކްލަބުން އިންތިޒާމު ކުރި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ޑިޕްލޮމޭޓުން ވިދާޅުވީ، އިންޑިއާއިން ތާލިބާނާ ވާހަކަ ދެއްކުމަށް ފުރުސަތު ހުޅުވާފައި ބާއްވަން ވާނެ ކަމަށެވެ. އެހެން ނަމަވެސް ތާލިބާނުންނަކީ ގާނޫނީ ހައިސިއްޔަތެއް އޮތް ބަޔެއްކަމަށް ހެދުމުގައި ފަރުވާ ތެރިވާން ވާނެއެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި ތާލިބާނުން ބަދަލުވިކަމަށް ބުނިކަމުގައިވިއަސް އެއީ ދަޅައެކެވެ.

ޑިޕްލޮމޭޓުން ވިދާޅުވިގޮތުގައި ތާލިބާނުން ހޯދި ކުރިއެރުންތަކުގެ އަސަރު އެހެން ދިމަދިމާއިންވެސް ފެނިގެން ދާނެއެވެ. އެކަމަށްވެސް ތައްޔާރަށް ތިބެން ވާނެއެވެ.