އިންޑިއާގައި މިހާރު ދުވާލެއްގެ މައްޗަށް 8.8 މިލިއަން މީހުންނަށް ވެކްސިން ދެމުން ދެއެވެ. އިންޑިއާގައި އެންމެ ގިނައިން އެއް ދުވަހެއްގައި ވެކްސިން ދީފައި ވަނީ 9.2 މިލިއަން ވެކްސިން އެވެ. އެއީ މިއހަރުގެ ޖޫން 21 އެވެ. އިންޑިއާގައި ވެކްސިން ދިއުން އާންމު ވުމގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތްވެސް އުޅެނީ ދަށުގައެވެ.

އިންޑިއާއިން އެއް ދުވަހެއްގައި ވެކްސިން ދެމުންދާ އަދަދުތަކަށް ބަލާއިރު، އެއީ ބަލްގޭރިއާ (6.9 މިލިއަން މީހުން) ލުބުނާން (6.8 މިލިއަން މީހުން) ޑެންމަރކް (5.7 މިލިއަން މީހުން) އަޔަރލެންޑް (4.9 މިލިއަން މީހުން) ފަދަ ގައުމުތަކުގެ އާބާދީއަށް ވުރެން އިތުރު އަދަދެކެވެ.

ދުރު ހިސާބުތަކުގައި އަވަށްތަކުގައި މީހުން ދިރިއުޅެމުން ދިއުމާއި ފަރުބަދަތަކާއި ޖަންގަލީތަކުގައި މީހުން އާބާދުވެފައި ވުމުން އެތަންތަނަށް ފޯރުމަކީ ފަސޭހަ ކަމެއއް ނޫނެވެ. މީގެ އިތުރުން ވެކްސިން ދިނުމަށް އިންޑިއާއަށް ދިމާވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ، ވެކްސިން ޖަހަން ބޭނުން ނުވާކަމާއި ވެކްސިންއާ މެދު މީހުން ޝައްކު ކުރުމެވެ.