ކޮވިޑް19އާ ގުޅިގެން އިންޑިއާގެ ބާޒާރަށް އައި ހީނަރުކަމާއެކުވެސް އިންޑިއާގެ އިމާރާތް ކުރުމާއި ބިން ވިއްކުމުގެ ދާއިރާގެ ވިޔަފާރިއަށް ލޮޅުމެއް އައިސްފައި ނުވެއެވެ. އިންޑިއާގެ ރިއަލްއެސްޓޭޓްގެ ދާއިރާއިން ބުނާ ގޮތުން 2023ގައި އިންޑިއާގެ އެންމެ ކުރީގައި އުޅޭ ހަތް ސިޓީއެއްގައި އިމާރާތް ކުރުން ވަރަށް ބޮޑަށް މަތިވެގެން ދާނެއެވެ.

މީހުން އިމާރާތްތައް ގަންނަން ބޭނުންވުމާއި، އައު ޓެކްނޮލޮޖީ ތައާރަފް ކުރުމުގެ ސަބަބުން ފްލެޓްތައް ވިއްކުމުގެ ދާއިރާއަށް ލިބިފައިވާ ކުރިއެރުމާއެކު މިއަހަރުގެ ތެރޭގައި އެންމެ ބޮޑެތި ސިޓީތަކުގައިވެސް 317ހާސް ފްލެޓް ވިއްކާނެއެވެ. އަދި 2621ހާސް އިތުރު ފްލެޓް އެޅުމުގެ މަސައްކަތް މި ސިޓީޓަކުގައި އިޢުލާން ކުރެވޭނެއެވެ.

2023ގައި އެންމެ ގިނައިން އިމާރާތް ކުރުމާއި ފްލެޓް ވިއްކުމުގެ މަސައްކަތް ހިނގާނާއި މުމްބާއިއާއި ބެންގަލޯރގައި ކަމަށް ބެލެވެއެވެ. ހުރިހައި ބޮޑެތި ސިޓީތަކެއް އެއްކޮށްލާއިރު މި ދެ ސިޓީން އެކަނިވެސް 48 ޕަސެންޓް ޕްލެޓާއި ގެތައް ވިއްކާނެއެވެ. މީގެ އިތުރުން ތިން ވަނައިގައި އުޅޭނީ ދިއްލީއެވެ.