އިންޑިއާގައި ވައިގެ ދަތުރުފަތުރަށް ހިތްވަރު ދިނުމުގެ ގޮތުން 2025އަށް ވައިގެ ދަތުރުފަތުރަށް އެއްހާސް އައު ރޫޓް ތައާރަފް ކުރާނެ ކަމަށާއި އަދި އެހާތަނަށް އިތުރު 100 އައު އެއަރޕޯޓް ބިނާ ކުރާނެކަމަށް އިންޑިއާގެ ސިވިލް އެވިއޭޝަނުން ބުނެފިއެވެ.

ވައިގެ ދަތުފަތުރަކީ އަގު ހެޔޮކޮށް އެންމެނަށްވެސް އަތްފޯރާ ފަށުގެ ޚިދުމަތަކަށް ހެދުމަށްޓަކައި އިންޑިއާއިން ވަނީ ޚާއްސަ ސްކީމެއް ތައާރަފް ކޮށްފައެވެ.

އިންޑިއާގައި މިހާރުވެސް މިސްކީމްގެ ދަށުން 59 އެއަރޕޯޓެއްގެ މަސައްކަތް ހިނގަމުން އެބަ ދެއެވެ. މީގެ ސަބަބުން ވައިގެ މަގުން މިހާރު ގުޅުވާލެވިފައި ނުވާ ސަރަހައްދުތައް އިތުރު ސިޓީތަކާއެކު ފަސޭހައިން ގުޅުވާލެވޭނެއެވެ.