އިންޑިއާއަށް ސަލާމަތީ ގޮތުން ދިމާވާ ނުރައްކާތައް އައު ގޮތަކަށް އުނދަގޫ ވައްތަރަކަށް އިތުރުވަމުން ދިއުމާ ގުޅިގެން އިންޑިއާއިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ދިފާއޫ އުފެއްދުމުގައި އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭކަމަށް އިންޑިއާގެ ދިފާއީ ވަޒީރު ވިދާޅުވެއެވެ.

ރާޖްނާތު ސިންގ މިފަދައިން ވާހަކަ ދެއްކެވީ ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާން ދިއުމުގެ ސަބަބުން އިތރުވެފައިވާ ނިރުބަވެރިކަމުގެ މާހައުލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މުޅި ދުނިޔޭގައިވެސް ސަލާމަތީ ހާލަތު ބަދަލުވަމުން ދަނީ ވަރަށް އަވަސް ގޮތަކަށެވެ.

ސިންގ ވިދޅުވިގޮތުގައި ދިފާއީ އުފެއްދުމުގައި އިންޑިއާއިން އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހެއެވެ. އިންޑިއާއިން ވަނީ 2024ން ފެށިގެން 101 ވައްތަރެއްގެ އަސްކަރީ ސާމާނު އެތެރެ ކުރުން މަނާކޮށްފައެވެ. އޭގެ ތެރޭގައި މީހުން އުފުލާ އަސްކަރީ މަތިންދާބޯޓާއި އާންމު ބޭނުންތަކަށް ބޭނުން ކުރާ ހެލިކޮޕްޓަރާއި، ކުރޫޒް މިސައިލްއާއި ކޮންވެންޝަނަލް ސެބްމެރިންއާއި ކަނޑުގެ އަޑިން އަޑުނަގައިދޭ އާލާތްތައް ހިމެނެއެވެ. އިންޑިއާއިން ބޭނުން ވަނީ މިތަކެތި އެތެރެ ކުރުމުގެ ބަދަލުގައި އަމިއްލައަށް އުފައްދާށެވެ.

މިދިޔަ އަހަރުން ފެށިގެން އިންޑިއާއިން ވަނީ ދިފާއީ ދާއިރާގައި ބޭރުގެ އިންވެސްޓަރުންނަށް ހިއްސާވެވޭ ނިސްބަތް 49ން 79އަށް އިތުރު ކޮށްފައެވެ. އިންޑިއާގެ އަމާޒަކީ 2025ގައ 25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އުފައްދައި ފަސް ބިލިއަން ޑޮލަރުގެ ސާމާނު އެކްސްޕޯޓް ކުރާށެވެ.