އިންޑިއާގެ އަމްރިޓްސަރއަށް އެތެރެކުރަން އުޅުނު ދެ ބިލިއަން ރުޕީސްގެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ. ޖާސޫސީ ފަރާތްތަކަށް ލިބުނު މަޢުލާމާތާ ގުޅިގެން ހޯދައިގަތް 40 ކިލޯއަށް ވުރެން ގިނަ ހެރޮއިންގެ މަސްތުވާތަކެތި ހުރީ 39 ޕެކެޓެއްގައި ބަންދުކޮށްފައެވެ.

އަމްރިޓްސާ ބޯޑަ ފުލުހުން ބުނިގޮތުގައި މި މަސްތުވާތަކެއްޗަކީ ޕާކިސްތާނުގައި ތިބި ސްމަގްލަރުންތަކެއް އިންޑިއާއަށް ފޮނުވަން މަސައްކަތް ކުރި މަސްތުވާތަކެއްޗެވެ.

އިންޑިއާގެ ސަރަހައްދުން މިކަމުގައި ބައިވެރިވި މީހުން ބޭނުން ކުރި ދެ ސައިކަލެއްވެސް ފުލުހުން އަތުލައިގަނެފައި ވެއެވެ. އިންޑިއާއިން މިކަމުގައި ބައިވެރިވާ މީހާއަކީ މީގެ ކުރިންވެސް މިގޮތަށް މަސްތުބވާތަކެތި އެތެރެކުރަން އުޅުނުކަމަށް ތުހުމަތު ކުރެވިފައިވާ މީހެކެވެ.