އިންޑިއާއާއި ޗައިނާގެ ސިފައިން ކުރިމަތިލައިގެން ތިބި ލަދާކްގެ ސަރަހައްދުގައި ޗައިނާ ސިފައިން ހިފާފައިވާ ބިންތަކުގައި އުމުރާނީ ވަސީލަތްތައް ބިނާކުރަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ. ރަޝިޔާގެ ސްޕުޓްނިކް ނޫހުން ވަނީ މިކަން ސާބިތުކޮށްދޭ ސެޓެލައިޓް ފޮޓޯތަކެއް ޝާއިއުކޮށްފައެވެ. ސުޕުޓްނިކުން ބުނާ ގޮތުގައި އޮގަސްޓް 17 ވަނަ ދުވަހުން ފެށިގެން މި ފޮޓޯތައް އާންމު ކޮށްފައި ވެއެވެ.

މި ފޮޓޯތަކުން ފެންނަނީ، ޗައިނާ ސިފައިން ކުރިންވެސް ހަދާފައިވާ މަގު އިތުރަށް ވަރުގަދަކޮށް ފުޅާކުރަމުންދާ ތަނެވެ. މި މަގަކީ ލަދާކްގެ ޑެޕްސެންގް ހަމަ ބިމާއި އަކްސައިޗިންއާ ގުޅުވައިދޭ މަގެކެވެ. އަކްސައިޗިންއަކީ އިންޑިއާގެ ސަރަހައްދެކެވެ. މިތާގެ އެއްބައި އޮންނަނީ ޗައިނާއިން ހިފާފައެވެ.

އިންޑިއާ ސިފައިން ބުނާ ގޮތުގައި ޗައިނާ ސިފައިން އަދިވެސް ލަދާކްްގައި ތިބީ އިންޑިއާގެ ސަރަހައްދުގެ 15 ކިލޯމީޓަރުގެ އެތެރޭގައެވެ. ޗައިނާ ސިފައިން ވަނީ މިތަން ދޫކޮށް ދިއުމަށް ދެކޮޅު ހަދާފައެވެ. އިންޑިއާ ސިފައިންނަށް މިސަރަހައްދު މުހިންމުވާ ސަބަބަކީ މިއީ މިހިސާބުގެ އެންމެ އުސް އެއް ކުންނު ކަމުގައިވާ ހައިވޭއެއް ދަތުރުކުރާ މަގަކާ ކައިރި ސަރަހައްދެއްކަމުގައި ވާތީއެވެ.

ސްޓްރެޓީޖިކް ކަރާކޯރަމް ހައިވޭ އޮންނަނީ އިންޑިއާއަށެވެ. ކަރާކޯރަމް ހައިވޭ ކޮންޓްރޯލު ކުރާ ފަރާތަކަށް ޗައިނާއާއި ޕާކިސްތާން ސަރަހައްދަށް ނުރައްކާ ކުރެވެއެވެ. އަދި މީގެ އިތުރުން ޕާކިސްތާންގެ ކަރާޗީން ޗައިނާގެ ޝިންޖިއާންއަށް ހަދަމުންދާ ހައިވޭވެސް ދާނީ ކަރާކޯރަމް ކައިރިން ލައިގެންނެވެ.