އިންޑިއާގެ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ޔޫކޭގައި ހުޅުވާފައިވާ ރެސްޓޯރެންޓްގައި ޓޮމް ކުރޫޒް ވަރަށް ކުޅިކޮށް، ޗިކަން ޓިއްކާ މަސާލާ ކައިފިއެވެ. މިޑިޝް ތައްޔާރު ކުރަން ކުރޫޒް އޯޑަރު ދިން އިރު ބުނެފައި ވަނީ އިތުރަށް ކުޅިކޮށް ތައްޔާރު ކޮށްދިނުމަށެވެ.

ބަރމިންހަމްގައި ހުންނަ އާޝާ ރެސްޓޯރެންޓްގެ މެހްމާނަކަށް ކުރޫޒް ވުމުން އާޝާ ވަނީ ޓުއިޓާގައި އުފާ ފާޅުކޮށް ފައެވެ.

ކުރޫޒް ބަރމިންހަމްގައި މިވަގުތު މަސައްކަތް ކުރަނީ އޭނާގެ އައު ފިލްމް މިޝަން އިމްޕޮސިބަލް7ގެ ޝޫޓިންގއެއްގައެވެ. މިފިލްމު ރިލީޒް ކުރާނީ ފެބްރުއަރީ ގައެވެ.

އާޝާ ރެސްޓޯރެންޓްގެ ޖެނެރަލް މެނޭޖަރ ނުޢުމާން ފާރޫގީ ބުނިގޮތުގައި ކުރޫޒް ދެ ގަޑިއިރު ރެސްޓޯރެންޓްގައި ހޭދަ ކުރިއެވެ. އޭނާ ރެސްޓޯރަށް ވަދެ އޯޑަރު ދީފައިވަނީ ހަމަ އާދައިގެ މީހަކާ އެއްފަދައިން ބޮޑާކަމެއް ނެތިކަމަށް ފާރޫގު ކިޔައި ދިނެވެ.