އިންޑިއާގެ ކަނޑުގެ ސިފައިން ފިލިޕީންސް ސިފައިންނާއެކު އަސްކަރީ ތަމްރީންތައް ބާއްވައިފިއެވެ. މިތަމްރީންތައް ބާއްވާފައި ވަނީ ޕިލިޕީންސްގެ ހުޅަނގު ކަނޑުގައެވެ.
އިންޑިއާގެ ކަނޑުގެ ސިފައިންގެ ރާންވިޖޭ މަނަވަރާއި ކޯރާ ވަނީ ހުޅަނގު ޕެސިފިކް ސަރަހައްދަށް ފޮނުވާފައެވެ.
މިތަމްރީންތައް ބާއްވާފައި ވަނީ ދެ ގައުމުގެ ސިފައިންވެސް އެއްބަޔަކު އަނެއްބަޔަކާ ގައިގޯޅި ނުވެއެވެ.
އިންޑިއާގެ މަނަވަރުތައް މި ތަމްރީނަށް ފަހު ދާނީ ފިލިޕީންސްގެ ވެރިރަށް މެނީލާއަށެވެ. މިމަނަވަރުތައް މީގެ ކުރިން ތަމްރީން ބާއްވާފައި ވަނީ ވިއެޓްނާމް ސިފައިންނާއެކުގައެވެ.