އިންޑިއާއާއި ޖަރުމަންވިލާތުން އަފްޣާނިސްތާނާ ގުޅޭ މަޝްވަރާތައް ބާއްވައިފިއެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ޖަރުމަންވިލާތުގެ ޗާންސްލަރއަށް ފޯނުން ގުޅުއްވައި އަފްޣާނިސްތާންގައި ނިއުޅެމުންދާ ޙަލަތާ ބެހޭ ގޮތުންނާއި އެކަމުގެ ސަބަބުން އިންޑިއާއަށާއި ސަރަހައްދަށް ކުރާނެ އަސަރާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
މޮދީ ވިދާޅުވިގޮތުގައި އެންމެ މުހިންމު ކަމަކީ، ކާބުލްގައި ބަންދުވެފައި ތޔިބި މީހުން ނެރެގެން ރައްކާތެރި ގައުމުތަކަށް ގެންދިއުމެވެ. މީގެ އިތުރުން ކޮވިޑްގެ ހާލަތާއި ދެ ގައުމުގެ ގުޅުމާއި އިންވެސްޓްމެންޓާއި އިގްތިސާދީ ގުޅުމާއި މޫސުމްގެ މައްސަލަތަކާ މެދު ބަހުސް ކުރެއްވިއެވެ.
ދެބޭފުޅުން ވަނީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް އެއްބަސްވެވަޑައިގެންފައެވެ.