ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނ. އަތޮޅުގައި ހިންގާ ބްރާންޗްތަކުގެ މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީން ތަކެއް ދީފިއެވެ.

އެ ކުންފުނީން ވިދާޅުވީ މިއީ "ފެނަކަ އިންސްޓްޓިއުޓް ފޮރ ޓްރެއިނިން އެންޑް ރިސަރޗް“ ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމަށެވެ. ނ. އަތޮޅުގައި ފެނަކައިން ހިންގާ ބުރާންޗު ތަކުގެ ތެރެއިން ކޮންމެ ބްރާންޗަކުން ދެ މީހަކު ވަނީ މި ތަމްރީނުގައި ބައިވެރިވެފަައެވެ. ތަމްރީންތައް ބާއްވާފައި ވަނީ ނ. ވެލިދޫގައެވެ.

މި ޕްރޮގްރާމުގައި ދެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ސެޝަން ތަކުގައި ވަނީ މެކޭނިކަލް އެންޑް ޓެކްނިކަލް ދާއިރާއިން ތަމްރީންދީފައެވެ. މިއީ ފެނަކައިގެ މުވައްޒަފުންނަކީ ގާބިލް ހުނަރުވެރި ބަޔަކަށް ހެދުމަށް އެކުންފުނީން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ބޭއްވި ޕްރޮގްރާމެކެވެ. މީގެ ކުރިން އެކުންފުނީން ވަނީ ހދ. އަތޮޅުގައި ވެސް މިފަދަ ޕްރޮގްރާމެއް ހިންގައިފައެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެފައިވަނީ އެތަނުގެ މުވައްޒަފުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް މިފަދަ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.