ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަަޚަމް ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މި ޙާދިސާ ހިނގާފައިވަނީ ރޯޝަނީ ބިލްޑިން ކައިރިން ކަމަށެވެ. ހަމަލާ ދީފައިވަނީ ޢުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެެވެ. ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 10:30 އެހައިކަންހާއިރު ކަމަށް ވެސް ވިދާޅުވިއެވެ.

އޭމިހާ މިހާރުވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ މީހާގެ ހާލަތާ ބެހޭ ގޮތުން އޭޑީކޭޭއިން ވެސް އަދި ފުލުހުން ވެސް އެއްޗެއް ވިދާޅެއް ނުވެެއެވެ.