ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާ އެކުގައި ދެންމެ ސޮއިކޮށްފިއެވެ.

ބުރިޖު އަޅަން އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑާއި އެކު ސޮއިކޮށްފައިވަނީ މިކަމަށް ހާއްސަކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ. މި މަސައްކަތަކީ ދެއަހަރުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު" ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވި އިރު ރާއްޖެއިން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އިންޑީއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއިން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އެފްކޯން، އާރް އަންދަ ކުމާރެވެ.

މި މަޝްރޫއުގެ ދަށުން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ.

މި މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ.