އަންހެން ކުދިންނާއި ފިރިހެން ކުދިން މައްސުނިކޮށްގެން ކިޔަވައި ދިނުމަކީ މުޖުތަމައު ހަލާކު ވުމުގެ އަސްލު ކަމަށް ބުނެ ތާލިބާނުން ފަތުވާ ނެރެފިއެވެ. ހީރާތުގައި ތިން ގަޑިއިރު ވަންދެން ސަރުކާރު ޔުނިވަރސިޓީތަކާއި އަމިއްލަ ޔުނިވަރސިޓީތަކުގެ މަސްއޫލުވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ތާލިބާންގެ އިސް މަސްއޫލުވެރިޔާ މުއްލާ ފަރީދު ބުނެފައި ވަނީ ދެ ޖިންސު މައްސުނިކޮށްގެން ކިޔަވައި ދިނުން ހީރާތު ގައި މިހިސާބުން ނިމުނީ ކަމުގައެވެ.
އޭނާ އަންގާފައި ވަނީ ކޮންމެ ޖިންސަކަށް ވަކިން ކިލާސްރޫމުތައް ހަދައިގެން ކިޔަވައި ދޭށެވެ.
އަމިއްލަ ޔުނިވަރސިޓީތައް ހިންގާ ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރަށް ވަކި ކިލާސްރޫމުތައް ހަދައިގެން ކިޔަވައިދޭން ފަސޭހެ ވެދާނެ ކަމަށެވެ. ނަމަވެސް މާލީ ގޮތުން ދަތިތަކޖެއް ކުރިމަތިވެފައިވާ އަމިއްލަ ކިޔަވައިދޭ ތަންތަނަށް އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.