ރާއްޖެއިން މިއަދު ޕޮޒިޓިވް ވި އަދަދު 150 އިން މައްޗަށް އަރައިފި އެވެ.

އެގޮތުން މިއަދު ވަނީ 169 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 49 މީހުންނާއި، ރަށްރަށުން 119 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 80،960 އަށް އަރާ އެވެ.

ރާއްޖެއިން މިބައްޔަށް 1،709 މީހުން ހޯދަމުންދާ އިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ.

ފާއިތުވި 24 ގަޑި އިރު، 5،742 ސާމްޕަލް ނަގާފައިވާ އިރު، ރާއްޖެއިން މިހާތަނަށް 79،012 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ވަނީ މަރުވެފަ އެވެ.