އައްޑުސިޓީގައި އުމުރުން 65 އަހަރުން މަތީގެ ފިރިހެނަކު ބަލައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފި އެވެ.

ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ މިއީ އައްޑޫ ސިޓީގެ ހިތަދޫގައި އުޅެމުންދާ 65 އަހަރުން މަތީގެ ފިރިހެނެއް ކަަމަށާއި އެމީހާއަކީ ބަލި މީހެއް ކަމަށެވެ.

އެހެންވެ، އެމީހާ ދިރިއުޅޭނެ ތަނަކާއި ބަލައިދޭނެ ދެ ފަރާތެއް ބޭނުންވާ ކަމަށް ވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

މި މީހާ ބަލައި ދިނުމަށް އެދޭ ފަރާތްތަކުން އަންނަ ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 6885753 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރުމަށް އެދޭ ކަމަށާއި އަންނަ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތަފްޞީލް ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

މިކަމާއިގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ސިޓީ އިން މީގެކުރިން ވެސް ވަނީ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.