ގްރޭޑް އެކެއްގައި ކްރިއޭޓިވް އާޓްސް ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެފޮަތް މިއަހަރުން ނޯންނާނެ ކަމަށެވެ.

އެ މިނިސްޓްރީން މިގޮތަށް ބުނީ ގްރޭޑް 1 ގެ ދަރިވަރުންގެ ކްރިއޭޓިވް އާޓްސް ފޮތް އެއްވެސް ދަރިވަރަކަށް ދޫކޮށްފައިވާނަމަ އެ ފޮތް ދަރިވަރުންގެ އަތުން ނެގުމަށް މިނިސްޓްރީން ސުކޫލުތަކަށް އެންގުމުން ން ފާޅު ކުރަމުންދާ ހިތްހަމަ ނުޖެހުންތަކާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

މިއަހަރުގެ ދިރާސީ އާ އަހަރާއި އެކު ގްރޭޑް އެކެއްގެ މުގައްގަރު އިސްލާހު ކޮށްފައިވާ ކަމަށާއި މިއަހަރު ގްރޭޑް އެކެއްގައި ކިޔަވައިދޭނީ މިގެނެވުނު އިސްލާހާޢި އެއްގޮތަށް ތައްޔާރު ކޮށްފައިވާ އައު ފޮތްތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެެވެ.

މިނިސްޓްރީން ބުނީ ދަރިވަރުން ބޭނުން ކުރުމަށް ދޭނީ ކޮންމެ ފަސް ކުއްޖެއްގެ ގްރޫޕަކަށް ކްރިއޭޓިވް އާޓްސްގެ ފޮތެއް ކަމަށެވެ.

އެ ފޮތަކީ އާންމު ޓެކްސްޓު ފޮތް ތަކަށްވުރެ ސައިޒުގެ ގޮތުން ބޮޑު ފޮތެކެވެ. އަދި އެއީ ޚާއްސަ ރެފަރެންސް ފޮތެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ މިގޮތަށް ހަމަޖެއްސީ އެ މާއްދާއަކީ އެހެން މާއްދާތަކާއި ޚިލާފަށް ފަންނީ ހުނަރު ތަރައްގީ ކުރުމަށް އަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއަކަށް ވާތީ ކަމަށެވެ.