ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ މި މުއްދަތު އިތުރުކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.

އެގޮތުން އެންމެ ފަހުން އިތުރު ކުރި މުއްދަތު މިއަދަށް ހަމަވާ އިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި އެކަން އިއުލާން ކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހެލްތު މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ، އެގޮތަށް ހަމަޖެއްސެވީ ކޮވިޑް އިތުރަށް ފެތުރުމުގެ ނުރައްކާ އަދިވެސް ރާއްޖޭގައި އޮތުމާއެކު 12 މާޗް 2020 ގައި އިއުލާނު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތުމުން، ކޮވިޑްގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށް ޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ ކަމަށެވެ.

ވަގުތާއި ހާލަތަށް ރިއާޔަތް ކޮށް، އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަަވަރު ކުރުމަށްޓަކައި، ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތަަށް އަންގާ ކަމަށްވެސް އެ ގަރާރުގައި ވެއެވެ.