ފްލޫ 2 ސާމްޕަލެއް ޕޮޒިޓިވް ވެ، ރ. މަޑުއްވަރީ މޮނިޓަރިންގ އަށް ލައިފި އެވެ.

އެރަށު ކައުންސިލުން ބުނީ މިއީ އެރަށުގައި ފެތުރެމުންދިޔަ އަރިދަފުސް ރޯގާ އާއި ގުޅިގެން އޮގަސްޓް 27 ވަނަ ދުވަހު ނެގުނު 30 ފްލޫ ސާމްޕަލް ގެ ތެރެއިން 2 ސާމްޕަލް ކަމަށެވެ.

މިކަމާއިގުޅިގެން ޕޮޒިޓިވްވި މީހުންގެ 5 ޑައިރެކްޓް ކޮންޓެކްޓެއް ވެސް ޕޮޒިޓިވްވެފައިވާ އިރު، އެރަށުގައި އެކްޓިވް ކޭސްގެ އަދަދަު ވަނީ ހަތަކަށް އަރާފަ އެވެ.

މީގެ ކުރިންވެސް މަޑުއްވަރީ ވަނީ ޕޮޒިޓިވް ކޭސް އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.