ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕިލިރަނީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ ހެލްތް ކޭންޕެއް ބ. އަތޮޅަށް ހުޅުވާލައިގެން ބ. އޭދަފުށީގައި ސެޕްޓެމްބަރ 10 އަދި 11 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ހެލްތް ކޭންޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ހާއްސަ ޑޮކްޓަރުން އަދި ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހަރަކާތްތެރިވާނެއެވެ. މިގޮތުން ބަލިމީހުންނަށް ހެލްތް ސްކްރީނިންގ ހަދައިދިނުމުގެ އިތުރުން މި ހެލްތް ކޭންޕްގައި އިތުރު ފަރުވާ ބޭނުންފުޅުވާ ބޭފުޅުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިފަވެއެވެ. އަދި މި ހެލްތް ކޭންޕްގެ ހެލްތް ސްކްރީނިންގ ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހެލްތް ސްކްރީނިންގ ހިދުމަތް ފޯރުކޮށްދެނީ ހިލޭކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ހެލްތް ކޭންޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބު، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. ހުސެއިން ފައިސަލް އަދި ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑަރ ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

ބުކިން ހެއްދެވުމަށް އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6600294 އަދި 6608309 ގުޅުއްވުން އެދެމެވެ.