މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އޮފީހުގައި މާރާމާރިއެއް ހިންގައިފިއެވެ.

ފުލުހުން ބުނެފައިވަނީ ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ތެރޭގައި މާރާމާރިއެއް ހިންގިކަމުގެ މައުލޫމާތު މިއަދު 12:30 ހާއިރު ލިބިފައިވާކަމަށެވެ.

މި މައްސަލައިގައި 50 އަހަރުގެ އަންހެނަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.