ދިމާވި މައްސަލަ ހައްލުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަރަންޓް ދީފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ އެއާޕޯޓުން ކަރަންޓު ކެނޑިފައި ވަނީ މިއަދު ހެނދުނު ދިހައެއް ޖަހާކަންހާއިރު އެވެ.

މިކަމާ ގުޅިގެން މީގެ އިރުކޮޅެއް ކުރިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް)އިން ބުނީ މިހާރު އެ މައްސަލަ ހައްލުކޮށް އެއާޕޯޓަށް ކަރަންޓް ދީފައިވާ ކަމަށެވެ. އަދި ހުރިހާ އޮޕަރޭޝަނެއް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ބުނެފައިވެއެވެ.