އައްޑު ސިޓީ އިން އިތުރު 16 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު ޕޮޒިޓިވް ވި އެންމެންނަކީ ވެސް ދިވެހިން ކަމަށެވެ.

އެގޮތުން ހިތަދޫއިން 2 މީހުން، މަރަދޫއިން 3 މީހުން ފޭދޫ، މީދޫ އަދި ހުޅުދޫ އިން މީހަކު ވަނީ މިއަދު ޕޮޒިޓިވް ވެފަ އެވެ.

މިއާއެކު އެ ސިޓީގައި އެކްޓިވް ކޭސްތައް ހުރިގޮތަށް ބަލާލާ އިރު، ހިތަދޫ ގައި 99، މަރަދޫގައި 128، ފޭދޫގައި 31 ކޭސް ވަނީ ފެނިފަ އެވެ. އަދި ހުޅުދޫގައި 11 ކޭސް ހުުރި އިރު، މީދޫގައި 34 ކޭސް ވަނީ ފެނިފަ އެވެ.

އައްޑު ސިޓީގައި ހަލުވި ކަމާއެކު ކޮވިޑު ކޭސްތައް ގިނަވަމުން އަންނަ އިރު، މިހާތަނަށް 1150 ކޭސް ވަނީ ފެނިފަ އެެވެ. އަދި 833 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެެވެ.

މި ބަލީގައި އައްޑު ސިޓީން މިހާތަނަށް މަރުވެފައިވަނީ 3 މީހުން ނެވެ.