ރާއްޖެއިން އިތުރު 138 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން 51 މީހަކާއި އަތޮޅުތެރޭން 72 މީހަކާއި ރިސޯޓުތަކުން 15 މީހުން ކަމަށެވެ.

މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2،037 އަށް އަރާފައިވާ އިރު، 17 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއާއެކު މިބައްޔަށް ހުށައެޅުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 82،822 އަށް އަރާފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 171 މީހަކު މިބަލިން ވަނީ ރަނގަޅުވެފަ އެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 80،545 އަށް އަރާފަ އެވެ.

މިބަލީގައި މިހާތަށް 227 މީހަކުވަނީ ނިޔާވެފައެވެ.