އެސްޓީއޯ އިން ސާފް ޗެމްޕިއަންޝިޕްގެ ކޯ-ސްޕޮންސަރކަން ނަގައިފި އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕުގެ ޕާޓުނަރުންނާ އެކު ސޮއިކޮށްފައިވަނީ ގަލޮޅު ރަސްމީ ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

”މަގޭ މަހަލްދީބު“ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިން އިފުތިތާހު ކުރުމަށް ގަލޮޅު ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކޯސްޕޮންސަރަކުން އެސްޓީއޯ އިން ނެގި އިރު، ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ދިރާގެވެ. އަދި އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑެވެ. މެޑިކަލް ޕާޓްނަރުގެ ގޮތުގައި އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސާފައިވާ އިރު، މީޑިއާ ޕާޓްނަރަކީ ”އަދަދު“ އެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ މިއީ އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ލަންކާއާއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓުކޮށްފަ އެވެ. އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކޮށްފައިވާ އިރު، ފައިނަލް ކުޅުނީ ލަންކާގަ އެވެ.