އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގައި ހިމެނޭ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 19,630 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ. އަދި 136 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫޢަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫޢެއް.