މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކުރަން އިލެކްޝަނަށް މާދަމާ ހުށައަޅާނެ ކަމަށް ހާމަކޮށްފި އެވެ.

އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއްބޭފުޅެއް ކަމަށްވާ ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެމްއެންޕީ ރަޖިސްޓްރީ ކުރަން މާދަމާ ހުށައަޅާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އެޕާޓީ ރެޖިސްޓްރީކުރަން މާދަމާ ހުށަހަޅާނީ ފަސްހާހަށް ވުރެ ވުރެ ގިނަ މެމްބަރުންގެ ސޮޔާއެކު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތިދާއިރާގެ މެމްބަރު، މުހައްމަދު ނާޒިމާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ) އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ހުޝާމް ވެސް ހިމެނިވަޑައިގަންނަވާ އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ކުރަން އިލެކްޝަނުން ހުއްދަ ދިނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ހުޝާމަށް އީސީ އިން ދިނުމާއެކު އެ ޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ވަނީ މެކުހަށް ޖަހާފަ އެވެ.

އެގޮތުން އެހެން ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކާއި މުޅިން އަލަށް ޕާޓީއަށް ގުޅުނު ފަރާތްތައް ވެސް ހިމެނެ އެވެ. ޚާއްސަކޮށް ގިނަ ޢަދަދެއްގެ ޒުވާނުން އަންނަނީ އެ ޕާޓީއާ ގުޅެމުން ނެވެ.