ރ. މީދޫ ފުޓުބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސުޖެހުމުގެ މަސައްކަތުގައި ޔޫތު މިނިސްޓްރީއާއި އެކު އާރުޑީސީއިން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މީދޫ ފުޓުބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސުޖެހުމުގެ އަމަލީ މަސައްކަތުގެ އަގަކީ 1 މިލިއަން ރުފިޔާއެވެ.

މި މަސައްކަތް ފަށަތާ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރ. މީދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތްވެސް ހަވާލުކޮށްފައި ވަނީ އާރުޑީސީ އާއެވެ.