ރާއްޖެއިން އިތުރު 120 މީހުންނަށް ކޮވިޑު ޖެހިއްޖެ އެވެ.

އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބަށް ބަލާ އިރު، މިއަދު ވަނީ އަތޮޅުތެރެއިން 66 މީހުންނާއި މާލެއިން 48 މީހުންނަށް އަދި ރިސޯޓުތަކުން ހަ މީހުންނަށް ކޮވިޑު ޖެހިފަ އެވެ.

ފާއިތުވި 24 ގަޑި އިރު 5،317 ސާމްޕަލް ރާއްޖެއިން ކޮވިޑަށް ޓެސްޓު ކޮށްފައި ވެއެވެ.

1،936 މީހުންނަށް ފަރުވާ ދެމުންދާ އިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 19 މީހުންނަށެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 80،774 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 227 އަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 82،950 މީހުންނަށެވެ.