ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ހަރަކާތްތަކާ ދުރަށް ޖެހިއްޖެކަން އެ ފަރާތުން ހާމަކޮށްފި އެވެ.

ދިވެހި ޗެނަލްގެ ޕްރޮގްރާމެއް ގައި ވާހަކަ ދައްކަމުން މުހުސިން އާއި ނަޝީދު ވިދާޅުވީ އެ ޕާޓީ އުފައްދަން މަސައްކަތްކުރި މީހުންގެ ތެރޭގައި ހިމެނިގެން ނޫސްވެރިންނަށް ވެސް ފެނިފައިވާނީ އެ ޕާޓީގެ ފުރަތަމަ ޖަލްސާގައި އެކަނި ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު ހުރިގޮތުން ވަކި ޕާޓީއެއްގައި ސީދާ މަސައްކަތް ކުރުމަކީ އެހާ ކަމުދާ ގޮތެއް ނޫން ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އެ ދެ ބޭފުޅުން ވިދާޅުވީ އެމްއެންޕީ އާ އެކު ކުރަމުން ދިޔަ މަސައްކަތް މިހާ ހިސާބުން ހުއްޓާލާފައިވާ ކަމަށެވެ.