ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ޔެލޯ ސަމާލު ނެރެފި އެވެ.

މެޓް އޮފީހުގެ އެލަރޓުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

ރީނދޫ އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރެއިން ފެށިގެން ދަނީ ވިއްސާރަކުރަމުން ނެވެ.