ބެލެނިވެރިން ނުކުމެ ހިރިލަންދޫ ސްކޫލު ބަންދުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ސްކޫލުގެ ބެލެނިވެރިން މިގޮތަށް ކަންތައް ކުރީ އެ ސްކޫލުގައި ފެންބޮޑު ވެ، ކިޔަަވައިދެވޭވަރު ނުވުމާއި ސްކޫލުގެ ހާލަތު ގޯސް ވުމުގެ ސަބަބުން ނެވެ.

ގިނަ އަދަދެއްގެ ބެލެނިވެރީން ސްކޫލު ހިމެނޭ ސަރަހައްދަށް ޖަމާވެ، އިހުތިޖާޖު ކުރަން ފަށާފައިވާ އިރު، ބެލެނިވެރީން ތިބީ، ސްކޫލުގެ އެތެރެޔަށް އެއްވެސް މީހަކަށް ވަދެވޭ ގޮތަށް ގޭޓު ބަންދުކޮށްގެން ނެެވެ. އަދި ސްކޫލުން ބޭރަށް ވެސް އެއްވެސް މީހަކަށް ނުނިކުމެވޭ ގޮތަށް ގޭޓު ވަނީ ބަންދު ކޮށްފަ އެވެ.