ރަސްފަންނު މޫދު ސަރަހައްދަށް ގިނަ އަދަދަކަށް ތެޔޮ ޖަމާވަމުންދާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެ އިދާރާއިން ބުނީ ރަސްފަންނުގެ އައިޖީއެމްއެޗް އާ ވީ ދިމާލުން މޫދަށް ގިނަ އަދަދެއްގެ ތެޔޮ ޖަމާވަމުންދާ ކަމަށެވެ. އަދި އެކަމުގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުންގެ ޔުނިޓުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެ ސަރަހައްދު ސާފު ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ އިރު، އެ ސަރަހައްދު މިހާރުވަނީ ބަންދުކޮށްފަ އެވެ.